6 އެއަށް ފަހު، ހަތް ތާޅަފިލި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރުވެ ވަޑައިގަތެވެ.
ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތަނެއްގައި ތޯ؟“
އެއަށް ފަހު، މާތްރަސްކަލާނގެ ކުރިފުޅު މަތީގައި ހަތް މަލާއިކަތުން ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތުންނަށް ހަތް ތާޅަފިލި ލިބުނެވެ.