Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 8:3 - ކިތާބުލް މުޤައްދަސާ

3 ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 8:3
32 ပူးပေါင်းရင်းမြစ်များ  

އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ.


އެދުވަހު އިމާމު ޒަކަރިއްޔާ ބައިތުލް މަޤްދިސްގެ އެތެރޭގައި މީރުވަސްދުވާ އެއްޗެތިން ދުންއަޅަމުން ދިޔައެވެ. އެއިރު ބައިތުލް މަޤްދިސްގެ ގޯތިތެރެއަށް އަޅުކަމަށް އެއްވެތިބި އެންމެން ދުޢާކުރަމުން ދިޔައެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.


ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.


އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”⁠ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!⁠“


އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.


އެއަށް ފަހު، އެކަންބަޅި ފަސްވަނަ ސިލު ވެސް ކަނޑާލިއެވެ. މާތްރަސްކަލާނގެ އަށް އީމާންވެ އަދި އެކަލާނގެ ވަޙީ ބަސްފުޅާއި ބެހޭގޮތުން ވަފާތެރިކަމާއެކު ހެކިދިނުމުގެ ސަބަބުން މަރާލެވިފައިވީ ފަރާތްތަކުގެ ފުރާނަތައް ޤުރުބާނީ އަށީގެ ދަށުން އަހަރެން ދުށީމެވެ.


އަދި އިރުމަތީ ފަރާތުން ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ގެ ސިއްކަ ހިއްޕަވައިގެން އިތުރު މަލާއިކަތަކު ވަޑައިގަންނަވަނިކޮށް ވެސް އަހަރެން ދުށީމެވެ. އެއްގަމާއި އަދި ކަނޑަށް ގެއްލުން ދިނުމުގެ ބާރު މާތްރަސްކަލާނގެ ދެއްވާފައިވާ ހަތަރު މަލާއިކަތުންނަށް ހަރުއަޑުން އެމަލާއިކަތާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.


އެއަށް ފަހު، ހުވަނދު ދުންކިބާގައި ހުރި ދުންތައް މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާ އާއި އެކުގައި އެމަލާއިކަތާގެ އަތްތިލަމަތިން މައްޗަށް ގެންގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވިއެވެ.


އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.


އެއަށް ފަހު، ހަވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލިއެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި ހުރި ޤުރުބާން ހުށައަޅާ މުޤައްދަސް ރަން އަށީގެ ހަތަރު ކަނުން އަޑެއް އަހަރެންނަށް އިވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ