ހާމަކޮށްދެއްވުންތަކެއް 8:11 - ކިތާބުލް މުޤައްދަސާ11 މި ތަރީގެ ނަމަކީ ”ހިތިރަހަ“ އެވެ. އެ ހިނދު ތިން ބައިކުޅަ އެއްބައި ފެން ހިތި ރަހަޔަށް ބަދަލުވެ ދިޔައެވެ. އަދި ހިތި ރަހަޔަށް ބަދަލުވެފައި ވުމުގެ ސަބަބުން އެ ފެން ބުއި ގިނަ ބަޔަކު މަރުވެ ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.