ހާމަކޮށްދެއްވުންތަކެއް 7:9 - ކިތާބުލް މުޤައްދަސާ9 މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.
އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“
އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.
އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.
އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.