ހާމަކޮށްދެއްވުންތަކެއް 7:4 - ކިތާބުލް މުޤައްދަސާ4 މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.
ބަނީއިސްރާއީލު މީހުންގެ ބާރަ ގަބީލާގެ ދަރިކޮޅުގެ މީހުން ރެއާއި ދުވާލު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ދަނީ ހަމަ މިބުނި ވަޢުދުފުޅު ފުރިހަމަވެ ނިމޭނެ ދުވަހެއްގެ އުންމީދުގަ. އިއްޒަތްތެރި އަގިރިފާ ރަސްގެފާނު، ނަމަވެސް މިއަދު އަޅުގަނޑު ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައި މި ވަނީ އަޅުގަނޑު ވެސް ހަމަ އެ ވަޢުދުފުޅު ފުރިހަމަ ވުމަށް އުންމީދުކޮށް ގަބޫލު ކުރާތީ.
އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.
މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.