ހާމަކޮށްދެއްވުންތަކެއް 7:15 - ކިތާބުލް މުޤައްދަސާ15 އެހެންވެގެން އެބައިމީހުން ތިބީ މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައެވެ. އަދި އެމީހުން ދުވާލާއި ރޭގަނޑު މާތްކަލާނގެ ގެކޮޅުގައި އެކަލާނގެއަށް ޚިދުމަތް ދެއްވައެވެ. ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ވޮޑިގެންވުމުގެ ސަބަބުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭނެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.
މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.“
ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،
މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.