Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:9 - ކިތާބުލް މުޤައްދަސާ

9 އެއަށް ފަހު، އެކަންބަޅި ފަސްވަނަ ސިލު ވެސް ކަނޑާލިއެވެ. މާތްރަސްކަލާނގެ އަށް އީމާންވެ އަދި އެކަލާނގެ ވަޙީ ބަސްފުޅާއި ބެހޭގޮތުން ވަފާތެރިކަމާއެކު ހެކިދިނުމުގެ ސަބަބުން މަރާލެވިފައިވީ ފަރާތްތަކުގެ ފުރާނަތައް ޤުރުބާނީ އަށީގެ ދަށުން އަހަރެން ދުށީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:9
21 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


އޭގެ ލެއިން ބައެއް ޤުރުބާނީ އަށީގައިވާ ދަޅުތަކުގައި ކަލޭގެ އިނގިލިން ހާކާ. ބާކީ ހުރިލޭ އަށީގެ ބުޑަށް އޮއްސާލާ.


ކަލޭމެން ދީނީ މަރުކަޒުތަކުން ބޭރުކޮށްލެވޭނެ. އަދި ކޮބާ، ކަލޭމެން މެރުމަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ހެޔޮކަމެއް ކަމުގައި މީސްތަކުން ދެކޭނެ ފަދަ ދުވަހެއް ވެސް އެބައާދޭ.


އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ.


ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


އަހަރެން ނިމިދިއުމުގެ ވަގުތު މިހާރު މިވަނީ އައިސްފައެވެ. އަދި އަހަރެންގެ ޙަޔާތު މިވަނީ މާތްރަސްކަލާނގެއަށްޓަކައި ހުށަހެޅުމަށް ތައްޔާރުވެފައިވާ ޙާލަތެއްގައެވެ.


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


އެގޮތުން ޔޫޙަންނާއަށް ފެނުނު ކަންތައްތައް އެ ހިނގާދިޔަ ފަދައިން ބުނެދިނެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ޚަބަރުފުޅުތަކާއި މެދުވާ ސާބިތު ހެކިތަކެއްގެ ވާހަކަތަކެވެ. އަދި އީސާ އަލްމަސީޙު ފައުޅު ކޮށްދެއްވި ތެދު ބަސްފުޅެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”⁠ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!⁠“


މިއަށް ފަހު، ޤުރުބާނީ އަށިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާކޮ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ތެދުވެރިކަމާއި ޢަދުލްވެރިކަމާއެކު އިންސާފުކުރައްވާ ރަސްކަލާނގެމެ!⁠“


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.


އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.


ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.


އެއަށް ފަހު، ހަވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލިއެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި ހުރި ޤުރުބާން ހުށައަޅާ މުޤައްދަސް ރަން އަށީގެ ހަތަރު ކަނުން އަޑެއް އަހަރެންނަށް އިވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ