Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:7 - ކިތާބުލް މުޤައްދަސާ

7 އެއަށް ފަހު، އެކަންބަޅި ހަތަރުވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ހަތަރުވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:7
5 ပူးပေါင်းရင်းမြစ်များ  

ދެން އެބައިމީހުން އެ މަހާނަ މަތީގައި ހިލައެއް ޖައްސައި ސީލުކޮށް ވަރަށް ރަނގަޅަށް ރައްކާތެރި ކުރުމަށް ފަހު އެ މަހާނަ ބެލެހެއްޓުމަށް ފާރަވެރިން ލިއެވެ.


ފުރަތަމަ މަޚުލޫގު ސިންގާއެއް ފަދައިން ވެއެވެ. ދެވަނަ މަޚުލޫގު ފިރިހެން ގެރިއެއް ފަދައިން ވެއެވެ. އަދި ތިންވަނަ މަޚުލޫގުގެ މޫނު އިންސާނެއްގެ މޫނާއި އެއްފަދަ ވެގެން ވެއެވެ. ހަތަރުވަނަ މަޚުލޫގު އުދުހޭ ބާޒެއް ފަދައިން ވެއެވެ.


އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


އެއަށް ފަހު، އެކަންބަޅި ދެވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި މަޚުލޫގުންގެ ތެރެއިން ދެވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


އެއަށް ފަހު، ޅަކަންބަޅި ތިންވަނަ ސިލު ކަނޑާލިއެވެ. ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ތިންވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ އަހަރެން ބަލާލީމެވެ. އަދި އެތަނުގައި ކަޅު ކުލައިގެ އަހެއް އޮތެވެ. އެ އަސްމަތީގައި އިން އަސްވާރުގެ އަތުގައި ތިލަފަތެއް އޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ