Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:5 - ކިތާބުލް މުޤައްދަސާ

5 އެއަށް ފަހު، ޅަކަންބަޅި ތިންވަނަ ސިލު ކަނޑާލިއެވެ. ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ތިންވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ އަހަރެން ބަލާލީމެވެ. އަދި އެތަނުގައި ކަޅު ކުލައިގެ އަހެއް އޮތެވެ. އެ އަސްމަތީގައި އިން އަސްވާރުގެ އަތުގައި ތިލަފަތެއް އޮތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:5
11 ပူးပေါင်းရင်းမြစ်များ  

އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ.


އެއަށް ފަހު ބޮޑުންގެ ބޭކަލަކު އަހަރެންނާއި ދިމާލަށް ބުންޏެވެ. ”⁠ނުރޮއި! ބަލާލަބަލަ! ދާއޫދުގެފާނުގެ މަތިވެރި ދަރިފަސްކޮޅުން އައިސްފައިވާ ޔަހޫޛާ ވަންހައިގެ ސިންގާ ނަސްރު ހޯދާފައިވާ ކަމުން އެހަތް ސިލު ކަނޑާލުމަށް ފަހު، އެކަލޭގެފާނަށް އެ ފޮތް ހުޅުވާލެއްވޭނެ.⁠“


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ