ހާމަކޮށްދެއްވުންތަކެއް 6:4 - ކިތާބުލް މުޤައްދަސާ4 ދެން އެހެން އަހެއް ބޭރަށް އައެވެ. އެއީ ގަދަ ރަތް ކުލައިގެ އަހެކެވެ. އެ އަސް ދުއްވާ އަސްވާރަށް ދުނިޔެއަށް ހަނގުރާމަ ކުރިމަތި ކުރުވުމުގެ ބާރު ދެއްވާފައި ވިއެވެ. އެއީ މީސްތަކުން އެކަކު އަނެކަކު ގަތުލު ކުރުމަށެވެ. އޭނާއަށް ވަރަށް ދިގު ކަނޑިއެއް ލިބިފައި ވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.