ހާމަކޮށްދެއްވުންތަކެއް 6:2 - ކިތާބުލް މުޤައްދަސާ2 އަހަރެން ބަލާލީމެވެ. އެތަނުގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ އަތުގައި ދުނިދަނޑިއެއް ވިއެވެ. އަދި އޭނާއަށް ތާޖެއް ވެސް ލިބިފައި ވިއެވެ. އޭނާ އަސް ދުއްވަމުން ގެންދިޔައީ ތަންތަން ފަތަޙަކުރާ ފާތިޙެއް ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“
ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!“
އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.
އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“