ހާމަކޮށްދެއްވުންތަކެއް 6:17 - ކިތާބުލް މުޤައްދަސާ17 މިތަނުގައި މިވަނީ އެދެފަރާތްޕުޅުގެ ކޯފާގެ ދުވަހެއް. އަދި އެކަމާއި ދެކޮޅަށް ތެދުވަން ކެރޭނީ ކާކަށް؟“ အခန်းကိုကြည့်ပါ။ |
ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!“
މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.