Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:16 - ކިތާބުލް މުޤައްދަސާ

16 ފަރުބަދަތަކާއި ހިލަތަކަށް އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”⁠ތަޚުތުގައި އިންނެވި ފަރާތުގެ ލޯފުޅަށާއި އަދި ޅަކަންބަޅީގެ ކޯފާއަށް އަހަރެމެން ނުފެންނާނޭ ފަދައިން އަހަރެމެންގެ މައްޗަށް ފައިބައިގެންދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:16
21 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


އެދުވަހު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔުއްވައިފައިވާ ފަދައިން: މީސްތަކުން ފަރުބަދަތަކަށް ބުނާނެއޭ. ’⁠އޭފަރުބަދަތަކާއޭ. އަހަރެމެންގެ މައްޗަށް ވެއްޓޭށޭ.⁠‘ އަދި ހިލަތަކަށް ބުނާނެއޭ. ’⁠އޭ ހިލަތަކާއޭ. އަހަރެމެން ފޮރުވާށޭ.⁠‘


ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތުގެ ނަންފުޅުގައި އެ މަލާއިކަތާ ހުވައި ކުރެއްވިއެވެ. އެ ފަރާތަކީ އުޑުތަކާއި އަދި އެ އުޑުތަކުގައިވާހާ ތަކެއްޗާއި އަދި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކާއި އަދި ކަނޑާއި ކަނޑުގައިވާހާ ތަކެއްޗެއް ޚަލްޤު ކުރެއްވި ފަރާތެވެ. އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އިތުރު އިންތިޒާރެއް ނުމެނެތްމެ!


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


ކުއްލިއަކަށް މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި އުޑުގައިވާ ތަޚުތެއްގައި މީހަކު އިށީނދެ ވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ.


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑު އަންނަމުން ދިޔައެވެ. އެ ތަޚުތުގެ ކުރިމަތީގައި އަލިފާން ރޯވެފައިވާ ހަތް ދަންމަރު ވިއެވެ. އެއީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅު ވެސްމެއެވެ.


ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،


ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ.


އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“


އެ ފަސްމަސް ދުވަހުގެ މުއްދަތުގައި އެބައިމީހުން މަރުވެ ދިޔުމަށް އެދޭނެއެވެ. ނަމަވެސް އެބައިމީހުންނަށް މަރުވުމުގެ ކުޅަދާނަކަމެއް ނުލިބޭނެއެވެ. އެބައިމީހުން މަރުވާނޭ ކަމުގައި އުންމީދު ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ ކައިރީން މަރު ފިލައި ދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ