Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:12 - ކިތާބުލް މުޤައްދަސާ

12 އަދި އެ ޅަކަންބަޅި ހަވަނަ ސިލު ވެސް ކަނޑާލިތަން އަހަރެން ދުށީމެވެ. އެ ހިނދު ގަދަފަދަ ވެގެންވާ ބިންހެލުމެއް ކުރިމަތިވިއެވެ. އަދި ކަޅު ކުލައިގެ ސުތުލިގޯންޏެއް ފަދައިން އިރު އަނދިރިވެގެން ދިޔައެވެ. ހަމައެހެންމެ، ލޭ ފަދައިން ރަތްކުލައަށް ހަނދު މުޅީން ބަދަލުވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:12
31 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


”⁠އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.


އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ.


މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ.


ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“


ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.


މެންދުރު ބާރަޖެހީއްސުރެން މެންދުރު ފަހު ތިނެއް ޖަހަންދެން މުޅިރަށަށް އަނދިރިކަން ފެތުރިފައި އޮތެވެ.


ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި އެކު ބިންހެލުމެއް ކުރިމަތިވިއެވެ. އެއީ ދުނިޔޭގައި އިންސާނުން އުފެއްދެވީއްސުރެން ދުވަހަކުވެސް އައިސްފައި ނުވާ ފަދަ ބިންހެލުމެކެވެ.


އެއަށް ފަހު ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު އިރަށް އޮއްސާލެއްވިއެވެ. އަދި އޭގެ ހޫނުން މީސްތަކުން އަނދައިގެން ދިއުމަށް ހުއްދަ ކުރެވުނެވެ.


އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.


އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ