Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:10 - ކިތާބުލް މުޤައްދަސާ

10 އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:10
33 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


”⁠މާތްރަސްކަލާކޯ! އިނބަރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މި ދުނިޔެ ދޫކޮށް ދެވިދާނެ.


އެއީ އެދުވަސްވަރަކީ ހުރިހާ ކަމަކަށް ޖަޒާ ދެއްވާނެ އަދި އިހުޒަމާނުގެ ރަސޫލުންނާއި ނަބީބޭކަލުން ލިޔުއްވި ހުރިހާ ކަމެއް އެލިޔެވިގެން ވީ ފަދައިން ފުރިހަމަ ވާނޭ ދުވަސްވަރު.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.


ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


ބާބިލަށް މިޢުޤޫބާތް ދެއްވާ ސަބަބަކީ ނަބީބޭކަލުންގެ ލޭފޮދާއި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ލޭ ފޮދު މި ސަހަރުން ފެނިގެން ވުމުން. އާއެކެވެ. މުޅި ދުނިޔޭގައި ގަތުލުކުރެވުނު އެފަދަ މީހުންގެ ލޭފޮދު މި ސަހަރުން ފެނުމުންމެ.⁠“


އެކަލާނގެ ފައިސަލާ ކުރައްވަނީ ތެދުވެރިކަމާއި އިންސާފުން ވެސްމެ! އެކަލާނގެ ބިމުގައި ފަސާދަކުރި އެ ގަދަފަދަ ނާސިއަންހެނާއަށް އޭނާގެ ޖިންސީ ފާފަވެރިކަމުގެ ޢުޤޫބާތް ދެއްވި. މާތްރަސްކަލާނގެ އެ އަންހެނާއަށް ޢުޤޫބާތް ދެއްވީ އެ އަންހެނާ އެކަލާނގެ ޚާދިމުން ގަތުލުކުރުމުގެ ސަބަބުން ވެސްމެ.⁠“


އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


އަޅުގަނޑުމެން ކުރި ކުށެއް ވިއްޔާ އެކުށަކަށް އިންސާފު ކުރައްވާނީ މާތްރަސްކަލާނގެ. ކަލޭގެފާނު އަޅުގަނޑާއި މެދު ކުރެއްވި ކަމަކަށް އެކަލާނގެ ސަޒާ ދެއްވާނެ. އެކަމަކު އަޅުގަނޑު ކަލޭގެފާނަކަށް ގެއްލުމެއް ނުދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ