Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 6:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 6:1
17 ပူးပေါင်းရင်းမြစ်များ  

ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އަޅުގަނޑުމެންގެ ލޮލުންދެކި ކަންފަތުން އެހި މަތިވެރި ކަންތައްތަކުގެ ވާހަކަ ނުދައްކާ އަޅުގަނޑުމެން ތިބޭނީ ކިހިނަކުން ތޯ؟⁠“


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އަދި ރާޅުބިންދާ އަޑު ފަދަ އަޑެއް ނުވަތަ ހޮނު ގުގުރީގެ އަޑުފަދަ ގަދަ އަޑެއް ސުވަރުގެއިން އަހަރެންނަށް އިވުނެވެ. ގިނަ ބަޔަކު އެކުވެގެން ހާޕުން ކުޅެމުން ދާ މިޔުޒިކު ފަދަ އަޑެއް ފަދައިން އެ އަޑު ވިއެވެ.


އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! އެކަލާނގެއީ އަހަރެމެންގެ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ ރަސްކަން ކުރައްވާ މަތިވެރި ރަސްގެފާނު!


މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“


ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ.


ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ: ”⁠ގަތުލު ކުރެވުނު ޅަކަންބަޅި އެކަށީގެންވޭ! އާރާއި ބާރާއި، ތަނަވަސްކަމާއި، ޙިކުމަތާއި އަދި ހަކަތަ އެކަންބަޅިއަށް ލިބިދިނުމަށް ވެސްމެ. އަނެކުންގެ ކިބައިން ގަދަރާއި ޖަލާލަތާއި އަދި ޙަމްދު ލިބިދިނުމަށް ވެސް މި ޅަކަންބަޅި އެކަށީގެންވޭމެ!⁠“


އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.


އެއަށް ފަހު، އެކަންބަޅި ދެވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި މަޚުލޫގުންގެ ތެރެއިން ދެވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


އެއަށް ފަހު، ޅަކަންބަޅި ތިންވަނަ ސިލު ކަނޑާލިއެވެ. ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ތިންވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“ އަހަރެން ބަލާލީމެވެ. އަދި އެތަނުގައި ކަޅު ކުލައިގެ އަހެއް އޮތެވެ. އެ އަސްމަތީގައި އިން އަސްވާރުގެ އަތުގައި ތިލަފަތެއް އޮތެވެ.


އެއަށް ފަހު، އެކަންބަޅި ހަތަރުވަނަ ސިލު ވެސް ކަނޑާލިއެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ހަތަރުވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


ޅަކަންބަޅި ހަތްވަނަ ސިލު ހުޅުވާލި ހިނދު ގާތްގަނޑަކަށް ބައިގަޑި އިރު ހަނުހިމޭންކޮށް ސުވަރުގެ އޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ