ހާމަކޮށްދެއްވުންތަކެއް 5:9 - ކިތާބުލް މުޤައްދަސާ9 އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ. အခန်းကိုကြည့်ပါ။ |
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.
މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.
ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ: ”ގަތުލު ކުރެވުނު ޅަކަންބަޅި އެކަށީގެންވޭ! އާރާއި ބާރާއި، ތަނަވަސްކަމާއި، ޙިކުމަތާއި އަދި ހަކަތަ އެކަންބަޅިއަށް ލިބިދިނުމަށް ވެސްމެ. އަނެކުންގެ ކިބައިން ގަދަރާއި ޖަލާލަތާއި އަދި ޙަމްދު ލިބިދިނުމަށް ވެސް މި ޅަކަންބަޅި އެކަށީގެންވޭމެ!“
އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.