Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 5:8 - ކިތާބުލް މުޤައްދަސާ

8 އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 5:8
27 ပူးပေါင်းရင်းမြစ်များ  

ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން.


އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ. ”⁠ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.⁠“


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.


އެއަށް ފަހު، ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގަކު އެ ހަތް މަލާއިކަތުންގެ ތެރެއިން ކޮންމެ މަލާއިކަތަކަށް ރަނުގެ ބޯތައްޓެއް ދެއްވިއެވެ. މި ބޯތަށިތައް ފުރިފައި ވަނީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ކޯފާތަކުންނެވެ.


މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”⁠އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!⁠“


ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.


އެ ތަޚުތުގެ ވަށައިގެން އިތުރު ސައުވީސް ތަޚުތުތައް ވިއެވެ. އަދި މިއިން ކޮންމެ ތަޚުތެއްގައި ހުދު ހެދުމުގައި ވީ ބޮޑުންގެ ބޭކަލަކު ރަން ތާޖެއް އަޅައިގެން އިންނެވިއެވެ.


ހަމައެހެންމެ ތަޚުތުގެ ކުރިމަތީގައި އަލިބިއްލޫރި އެއްފަދަ ބިއްލޫރީގެ ކަނޑެއް ވިއެވެ. ތަޚުތުގެ ވަށައިގެން އޭގެ ކޮންމެ ފަރާތެއްގައި ދިރިހުރި ހަތަރު މަޚުލޫގުން ތިއްބެވެ. އެއިން ކޮންމެ މަޚުލޫގެއްގެ ކުރިމައްޗާއި ފުރަގަސް ވަނީ ލޯތަކުން ފުރިފައެވެ.


މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“


އަހަރެން އަލުން ބަލާލީމެވެ. އަދި މަލާއިކަތުންގެ އަޑު ވެސް އަހަރެން އެހީމެވެ. ހާހުންނާއި މިލިއަނުން މަލާއިކަތުން ތިބިތަން އަހަރެން ދުށީމެވެ! އެ މަލާއިކަތުންނާއި ހަތަރު ދިރިހުރި މަޚުލޫގުންނާއި އަދި ބޮޑުން ތިބި ތަޚުތުގެ ވަށައިގެންނެވެ.


ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ: ”⁠ގަތުލު ކުރެވުނު ޅަކަންބަޅި އެކަށީގެންވޭ! އާރާއި ބާރާއި، ތަނަވަސްކަމާއި، ޙިކުމަތާއި އަދި ހަކަތަ އެކަންބަޅިއަށް ލިބިދިނުމަށް ވެސްމެ. އަނެކުންގެ ކިބައިން ގަދަރާއި ޖަލާލަތާއި އަދި ޙަމްދު ލިބިދިނުމަށް ވެސް މި ޅަކަންބަޅި އެކަށީގެންވޭމެ!⁠“


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުން ޖަވާބު ދިނެވެ. ”⁠އާމީން!⁠“ އަދި ބޮޑުން ސަޖިދަކޮށް އަޅުކަން ކުރިއެވެ.


އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.


އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ