ހާމަކޮށްދެއްވުންތަކެއް 5:1 - ކިތާބުލް މުޤައްދަސާ1 ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،