ހާމަކޮށްދެއްވުންތަކެއް 4:8 - ކިތާބުލް މުޤައްދަސާ8 މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.“ အခန်းကိုကြည့်ပါ။ |
އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.
އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“
މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.
މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.
އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.
”ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.
ދިރިހުރި އެހަތަރު މަޚުލޫގުން ކިޔަމުން ގެންދާ ސަނާތަކަކީ އެ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ޖަލާލަތުވަންތަކަމާއި އިއްޒަތްތެރިވަންތަކަމާއި އަދި އެފަރާތަށް ޝުކުރުވެރިވެ ކިޔަމުން ދާ ސަނާތަކެވެ. އެހެނީ އެފަރާތަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތް ކަމަށްވާތީއެވެ. މިފަދައިން އެމީހުން ކަންތައް ކުރާހިނދު،
އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.
އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!“