Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 4:4 - ކިތާބުލް މުޤައްދަސާ

4 އެ ތަޚުތުގެ ވަށައިގެން އިތުރު ސައުވީސް ތަޚުތުތައް ވިއެވެ. އަދި މިއިން ކޮންމެ ތަޚުތެއްގައި ހުދު ހެދުމުގައި ވީ ބޮޑުންގެ ބޭކަލަކު ރަން ތާޖެއް އަޅައިގެން އިންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 4:4
24 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.


އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


އެއަށް ފަހު މާތްރަސްކަލާނގެ ޙަޟްރަތުގައި ތަޚުތުތަކުގައި އިށީނދެ ތިބި ސައުވީސް ބޮޑުން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މިފަދައިން ވިދާޅުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.


މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.


ސުވަރުގޭގެ ލަޝްކަރު ހުދު ކުލައިގެ އަސްތަކުގެ މަތީގައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އަދި އެ ލަޝްކަރު ތިބީ ސާފު ހުދު ކުލައިގެ ލިނެން ފޮތީގެ ހެދުމުގައެވެ.


މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”⁠އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!⁠“


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.


ހަމައެހެންމެ ތަޚުތުގެ ކުރިމަތީގައި އަލިބިއްލޫރި އެއްފަދަ ބިއްލޫރީގެ ކަނޑެއް ވިއެވެ. ތަޚުތުގެ ވަށައިގެން އޭގެ ކޮންމެ ފަރާތެއްގައި ދިރިހުރި ހަތަރު މަޚުލޫގުން ތިއްބެވެ. އެއިން ކޮންމެ މަޚުލޫގެއްގެ ކުރިމައްޗާއި ފުރަގަސް ވަނީ ލޯތަކުން ފުރިފައެވެ.


އަހަރެން އަލުން ބަލާލީމެވެ. އަދި މަލާއިކަތުންގެ އަޑު ވެސް އަހަރެން އެހީމެވެ. ހާހުންނާއި މިލިއަނުން މަލާއިކަތުން ތިބިތަން އަހަރެން ދުށީމެވެ! އެ މަލާއިކަތުންނާއި ހަތަރު ދިރިހުރި މަޚުލޫގުންނާއި އަދި ބޮޑުން ތިބި ތަޚުތުގެ ވަށައިގެންނެވެ.


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުން ޖަވާބު ދިނެވެ. ”⁠އާމީން!⁠“ އަދި ބޮޑުން ސަޖިދަކޮށް އަޅުކަން ކުރިއެވެ.


އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.


އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.


އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.


ތަޚުތުގެ ވަށައިގެންވާ ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ވަށައިގެން މަލާއިކަތުން ކޮއްޅަށް ތެދުވެ ތިއްބެވިއެވެ. އެއަށް ފަހު ތަޚުތުގެ ކުރިމަތީގައި ތިބެ އެއެންމެން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރެއްވިއެވެ.


މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.


މި ގޮއްފުޅަނގިތައް ސިފަކުރެވެނީ ހަނގުރާމައަކަށް ތައްޔާރުވެ ތިބި އަސްތަކެއް ފަދައިންނެވެ. އެތަކެތީގެ ބޮލުގައި ރަން ތާޖުތަކެއް ފަދަ އެއްޗެހިތަކެއް އެޅިގެންވިއެވެ. އަދި އެތަކެތީގައި އިންސާނީ މޫނުތަކެއް ފަދައިން މޫނުތަކެއް ލެވިފައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ