Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 4:3 - ކިތާބުލް މުޤައްދަސާ

3 ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތް އަގުބޮޑު ޖަވާހިރު ކަމުގައިވާ އަލިމަހާއި ޔާގޫތު ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ. އަދި ވިއްސާރަދުންޏެއް ފަދައިން އެޒުމައްރަދު އެފަރާތުގެ ތަޚުތު ވަށައިގެން ވިދަމުންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 4:3
13 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ.


ދެވަނަ ބަރީގައި ފީރޯޒަކާއި، އަޒުރަޤަކާއި، ހުދު އަލިމަހެއް.


ދެވަނަ ބަރީގައި ޖެހީ ފީރޯޒަކާއި، އަޒުރަޤަކާއި ހުދު އަލިމަހެކެވެ.


ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.


އަދި މާތްރަސްކަލާނގެ ނޫރުފުޅުން އެ މުޤައްދަސް ސަހަރު ބަބުޅަމުން ދިޔައެވެ. އެ މުޤައްދަސް ސަހަރު ބަބުޅަމުން ދިޔައީ އަގުބޮޑު ޖަވާހިރެއް ފަދައިން ސާފު އަލިބިއްލޫރި ފަދައިންނެވެ. އެ ސަހަރުގެ ބޮޑު އުސް ފާރުގައި ބާރަ ދޮރު ލެވިފައިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ