ހާމަކޮށްދެއްވުންތަކެއް 3:5 - ކިތާބުލް މުޤައްދަސާ5 ނަސްރު ހޯދާ މީހުންނީ ވެސް އެބައިމީހުންނާއިއެކު ހުދު ހެދުމުގައި ވާނޭ ބައެއްމެ. އަދި އަހަރެން އެބައިމީހުންގެ ނަން ޙަޔާތުގެ ފޮތުން ފުހެ ނުލާނަން. އެބައިމީހުންގެ ނަން އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައްޔާއި އަދި އެކަލާނގެ މަލާއިކަތުންގެ ޙާޟިރުގައި އަހަރެން އިޢުލާނު ކުރާނަން. အခန်းကိုကြည့်ပါ။ |
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.
ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.
އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.
ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.
އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.
އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.“