ހާމަކޮށްދެއްވުންތަކެއް 3:4 - ކިތާބުލް މުޤައްދަސާ4 ނަމަވެސް ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ ތެރެއިން ވަރަށް މަދު ބަޔަކު އެބައިމީހުންގެ އަންނައުނު ތާހިރުކޮށް ބެހެއްޓި. އެބައިމީހުންނަށް ސާފު ހުދު ހެދުމުގައި އަހަރެންނާއި އެކުގައި ހިނގޭނެ. ސަބަބަކީ އެބައިމީހުން އެކަމަށް އެކަށީގެންވާކަމުން. အခန်းကိုကြည့်ပါ။ |
މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.
އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.
އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.
އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.
މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.