Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 3:3 - ކިތާބުލް މުޤައްދަސާ

3 ތިޔަބައިމީހުންނަށް އުނގެނި ދަސްވި ތަކެއްޗާއި އަޑު އިވުނު ތަކެއްޗާއި މެދު ހަނދާން ކުރޭ. އަދި އެއަށް ކިޔަމަންތެރިވޭ. ތިޔަބައިމީހުންގެ ފާފަވެރިކަމުން އެއްކިބާވެ ތައުބާވޭ. މި ގޮތަށް ތިޔަބައިމީހުން އަމަލު ނުކުރާނަމަ ވަގެއް ފަދައިން އެނގުމަކާއިނުލައި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް ދާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 3:3
24 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”⁠އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.⁠“


މިކަންތައްތައް ހިނގާނެ ދުވަހާއި ވަގުތު ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އެހެންވީމާ، ސަމާލުވެ ތައްޔާރުގައި ތިބޭ!


ކުއްލިއަކަށް އޭނާ އަންނަހިނދު ތިޔަމީހުންނަށް ނިދިފައިވީ ތަން އޭނާއަށް ފެނުނަ ނުދީ.


އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ.


ތިމޮތީއެވެ. މާތްރަސްކަލާނގެ ހަވާލު ކުރެއްވި ކަންތައް ބެލެހެއްޓުމަށް ތިބާއާއި ހަވާލު ކުރަމެވެ. ކަލާނގެވަންތަކަމާއި ދެކޮޅު، ތާކުންތާކު ނުޖެހޭ މަޝްވަރާތަކާއި އެމީހުންގެ އިލްމޭ އެ ކިޔާ އެއްޗަކާ ތިބާއާ ދެކޮޅު ހުރިހާ ބަޔަކާ އެކަހެރިވާށެވެ.


އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ.


އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.


އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.


ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.


ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


ހަމައެކަނި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އައުމާއި ހަމައަށް ސާލިޙުގޮތުގައި ގާއިމުވެ ތިބޭ.


އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަހަރެން އަވަސް ގޮތެއްގައި އަންނާނަން! މި ފޮތުގައި ހުރި ޣައިބުގެ ޚަބަރުފުޅުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވޭ!⁠“


އަހަރެން އަވަހަށް އަންނާނަން. ތިޔަބައިމީހުންނަށް ލިބިފައިވާ ތަކެތީގެ މަތީގައި ގާއިމުވެ ތިބޭ. އޭރުން، ތިޔަބައިމީހުންނަށް ލިބިފައިވާ ތާޖު އެކަކަށް ވެސް ވަގަކަށް ނުގެންދެވޭނެ.


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


މިހާރު ހޭލާ! ތިޔަބައިމީހުންގެ ކިބައިގައި ތިވާ ކުޑަ އީމާންތެރިކަން ވެސް މަރުވުމުގެ ކުރިން އޭގައި ބާރުޖައްސާ! ތިޔަބައިމީހުން ފުރިހަމައަށް އަހަރެންގެ ކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ނުވާކަން އަހަރެންނަށް ވަނީ ފެނިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ