Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 3:17 - ކިތާބުލް މުޤައްދަސާ

17 ތިޔަބައިމީހުން ބުނޭ. ’⁠އަހަރެމެންނީ މުއްސަނދި އަދި ތަނަވަސްވާނޭ ބައެއް. އަހަރެމެންނަކަށް އެއްވެސް ކަމަކަށް ބޭނުމެއް ނުވޭ.⁠‘ ނަމަވެސް ތިޔަބައިމީހުންނަށް ހުރި ހިތްދަތިކަމާއި، ނިކަމެތިކަމެތިކަމާއި، ފަގީރުކަމާއި، ލޯކަނުކަމާއި އަދި ތިޔަބައިމީހުން ތިބި ބަރަހަނާ މިންވަރު ތިޔަބައިމީހުންނަށް އެނގިގެން ނުވޭމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 3:17
26 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.


ދެން މާތްރަސްކަލާނގެ ބަނީއިސްރާއީލުންގެ މައްޗަށް ބޮޑުވެގެންވާ ބަލިމަޑު ކަމެއް ފޮނުއްވިއެވެ. އެއީ ހާރޫނުގެ ފާނު ލައްވައި ގެރިއެއް ހައްދައި އެއަށް އެމީހުން އަޅުކަން ކުރީތީއެވެ.


އެކައްޗެއް ވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާ އެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ.


މިއަޅާ މުއްސަނދި ވެއްޖެނަމަ މިއަޅާ އިނބަރަސްކަލާނގެއަށް އިންކާރުކުރެވި މިހެން ބުނެވިދާނެއެވެ. ”⁠މާތްރަސްކަލާނގެއަކީ ކާކުހެއްޔެވެ؟⁠“ މިއަޅާ ފަގީރު ވެއްޖެނަމަ މިއަޅާއަށް ވައްކަން ކުރެވިދާނެއެވެ. އޭރުން އިނބަރަސްކަލާނގެ މާތް ނަންފުޅަށް ހުތުރު އެރުވުނީއެވެ.


”⁠މާތްރަސްކަލާނގެ ބަރަކާތް ހުރީ ރޫޙާނީ ގޮތުން ފަގީރު މީހުންނަށް. އެހެނީ އެފަދަ މީހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނިގެންދާނެ.


އީސާގެފާނަށް އެ އަޑު އިވިވަޑައިގެން އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުންވާނީ ބަލިމީހުންނަށް.


މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ.


ނަމަވެސް ކަލޭމެންގެ ތެރެއިން މުއްސަނދިންނަށް ހިތާމަ ހުރި. އެއީ އެމީހުންނަށް ލިބެން ވީ ހުރިހާ އަރާމާއި އުފަލެއް އެވަނީ ލިބިފަ.


ނަމަވެސް މި އުސޫލުތަކުގެ މަތީގައި ހެދި ބޮޑުވަމުންނުދާ ފަރާތްތައް ވަނީ ދުރުނުފެންނަ ކަނު ބައެއްގެ ގޮތުގައެވެ. އަދި އެބައިމީހުން ވަނީ މާޒީވެ ދިޔަ އެބައިމީހުންގެ ޙަޔާތުގެ ފާފަތައް މާތްރަސްކަލާނގެ ޢަފޫ ކޮށްދެއްވިކަން ހަނދާންނެތިފައެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!


ނަމަވެސް ތިޔަބައިމީހުން ވަނީ ތާފަނާފެން ފަދައިން. ތިޔަބައިމީހުންނީ ހޫނު ނުވަތަ ފިނިބައެއް ވެސް ނޫންކަމުން އަހަރެން މިހިރީ އިސާހިތަކު އަހަރެންގެ އަނގައިން ކުޅުޖަހާ ތިޔަބައިމީހުން ނެރެން ތައްޔާރުވެފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ