ހާމަކޮށްދެއްވުންތަކެއް 22:6 - ކިތާބުލް މުޤައްދަސާ6 އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.“ အခန်းကိုကြည့်ပါ။ |
”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ.
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.
މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.
ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!
އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.“
އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.“