ހާމަކޮށްދެއްވުންތަކެއް 22:3 - ކިތާބުލް މުޤައްދަސާ3 އެ ސަހަރުގެ މީސްތަކުން ވަނީ މާތްރަސްކަލާނގެ ލަޢުނަތް ލެއްވުމުން ނަޖާ ކުރެވިފައެވެ. އެ ސަހަރުގައި މާތްކަލާނގެ އާއި ޅަކަންބަޅި އެ ފަރާތްތަކުގެ ތަޚުތުކޮޅުގައި އިށީނދެވަޑައިގެން ތިއްބަވާނެއެވެ. އަދި މާތްކަލާނގެ ޚާދިމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ގެންދާނެއެވެ. အခန်းကိုကြည့်ပါ။ |
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.