Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 22:20 - ކިތާބުލް މުޤައްދަސާ

20 މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”⁠އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!⁠“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 22:20
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މިނޫނަސް އިތުރު އެތައް އެތައް ކަމެއް ކުރެއްވިއެވެ. އެކަމަކު އެހުރިހާ ކަމެއް އެއްކަމަކަށް ފަހު އަނެއްކަމެއް ލިޔަން ވެއްޖެނަމަ އަހަރެން ދެކޭ ގޮތުގައި މި ދުނިޔެއަށް ނުތަކާހާ ގިނަ ފޮތްތައް ލިޔެވިދާނެއެވެ.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”⁠ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


އެގޮތުން ޔޫޙަންނާއަށް ފެނުނު ކަންތައްތައް އެ ހިނގާދިޔަ ފަދައިން ބުނެދިނެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ޚަބަރުފުޅުތަކާއި މެދުވާ ސާބިތު ހެކިތަކެއްގެ ވާހަކަތަކެވެ. އަދި އީސާ އަލްމަސީޙު ފައުޅު ކޮށްދެއްވި ތެދު ބަސްފުޅެވެ.


އެހެންވީމާ، ފާފަތަކުން ދުރުވެ ތައުބާވޭ! އެހެންނޫނީ އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އަވަސް ގޮތެއްގައި ދާނަން. އަދި ތިޔަބައިމީހުންގެ ތެރޭގައި ވީ އެފަދަ ފަރާތްތަކާއި ދެކޮޅަށް އަހަރެންގެ އަނގައިގައިވާ ކަނޑިން ޙަމަލާ ދޭނަން.


އަދި އެ މަލާއިކަތާ އިތުރަށް ވިދާޅުވިއެވެ. ”⁠މިފޮތުގައިވާ ވަޙީ ބަސްފުޅުތައް ވަންހަނާ ނުކުރާތި. ސަބަބަކީ މި ފޮތުގައި ބަޔާންވެގެންވާ އެންމެހާ ކަންތައްތައް ވުމުގެ ވަގުތު މިވަނީ ކައިރިވެފައި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން!


އަހަރެން، ޔޫޙަންނާ މިފޮތުގައިވާ އެންމެހާ ޣައިބުގެ ޚަބަރުފުޅުތައް އަޑުއެހި ހުރިހާ އެންމެންނަށް އިންޒާރު ކުރަމެވެ. މި ތަކެއްޗަށް ތިޔަބައިމީހުން އެއްވެސް އެއްޗެއް އިތުރުކޮށްފި ކަމުގައިވާނަމަ މި ފޮތުގައި ބަޔާންކުރެވިގެންވާ ނުބައި މުސީބާތްތައް އެ ފަރާތަކަށް މާތްރަސްކަލާނގެ އިތުރު ކުރައްވާނެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަހަރެން އަވަސް ގޮތެއްގައި އަންނާނަން! މި ފޮތުގައި ހުރި ޣައިބުގެ ޚަބަރުފުޅުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ