Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 22:2 - ކިތާބުލް މުޤައްދަސާ

2 ހަމައެހެންމެ އެ ކޯރު ދެމެމުން ދިޔައީ ސަހަރުގެ މަގުގެ މެދުންނެވެ. އެ ކޯރުގެ ކޮންމެ އަރިމައްޗެއްގައި އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހެއް ވެއެވެ. އެ ގަހުގައި އަހަރަކު ބާރަފަހަރު މޭވާ އަޅައެވެ. އެހެނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި އެ ގަސްތަކުގެ ފަތްތަކުން ޤައުމުތަކުގެ ބަލި ހެޔޮ ވެދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 22:2
20 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އެބަގީޗާގެ ބިމުން އެތައް އެތައް ވައްތަރެއްގެ ގަސްގަހާގެއްސެއް ފެޅުއްވިއެވެ. ބަލަން ރީތި ކެއުމަށް ކަމުދާ ރަހަމީރު މޭވާ އަޅާ ގަސްތަކެވެ. ދާއިމީ ޙަޔާތުގެ ގަހާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ އިލްމު ލިބިދޭ ގަސް ވެސް ވަނީ އެބަގީޗާގެ މެދުގައެވެ.


ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.


”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


ބާރަ ދޮރުގެ ތެރެއިން ކޮންމެ ދޮރެއް ހަދާފައި ވަނީ މުތަކުންނެވެ. ސަހަރުގެ މަގުތައް ހަދާފައި ވަނީ ސާފު ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.


ދުނިޔޭގެ މީސްތަކުން ހިނގައި އުޅޭނީ އޭގެ އަލިންނެވެ. އަދި ދުނިޔޭގައިވި އެންމެހާ ރަސްރަސްކަލުން އެބައިމީހުންގެ މަތިވެރިކަން އެސަހަރަށް ގެންނާނެއެވެ.


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


މި ޣައިބުގެ ވަޙީ ބަސްފުޅުތަކުން އެންމެ ބަހެއް އުނިކުރި ފަރާތަކަށް ވެސް މި ފޮތުގައި ބަޔާން ކޮށްފައިވާ މުޤައްދަސް ސަހަރާގައި ވާ އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހުން އެފަރާތަކަށް ލިބިދޭ ޙިއްސާ މާތްރަސްކަލާނގެ ނަންގަވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ