Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 22:19 - ކިތާބުލް މުޤައްދަސާ

19 މި ޣައިބުގެ ވަޙީ ބަސްފުޅުތަކުން އެންމެ ބަހެއް އުނިކުރި ފަރާތަކަށް ވެސް މި ފޮތުގައި ބަޔާން ކޮށްފައިވާ މުޤައްދަސް ސަހަރާގައި ވާ އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހުން އެފަރާތަކަށް ލިބިދޭ ޙިއްސާ މާތްރަސްކަލާނގެ ނަންގަވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 22:19
24 ပူးပေါင်းရင်းမြစ်များ  

އެކަމަކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ނޫން! އަހަރެންނާމެދު ފާފަ ކުރި އެންމެންގެ ނަންތައް ފޮތުން ކަނޑާލާނަން!


މާތްރަސްކަލާނގެ ބަސްފުޅުގެ ތެރެއަށް ބަސްތައް އިތުރު ނުކުރާށެވެ. އެހެންނޫނީ އެކަލާނގެ ކަލެއަށް ކޯފާވެވޮޑިގެން ދޮގުވެރިއެއްގެ ގޮތުގައި ކަލޭ ބޭޒާރު ކުރައްވާފާނެއެވެ.


ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.⁠“


މިފޮތުގައިވާ ޣައިބުގެ ބަސްފުޅުތައް މީހުންނަށް ކިޔާދޭ ކޮންމެ ފަރާތަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވަތެވެ. އަދި މި ބަސްފުޅުތައް އަހައި ކިޔަމަންގަތް ކޮންމެ އަޅަކަށް ވެސް އެކަލާނގެ ރަޙުމަތް ލައްވަތެވެ. ސަބަބަކީ މި ބަޔާންކުރާ ފަދަ ޙާދިސާތައް ހިނގައިދިއުމުގެ ވަގުތު މިވަނީ އައިސް ކައިރިވެފައެވެ.


ނަމަވެސް ބައިތުލް މަޤްދިސްގެ ބޭރުގައި ހުރި ގޯތީގެ މިން ނަގާނެކަމެއް ނެތް. އެ ގޯތި އެ އޮތް ގޮތަށް ދޫކޮށްލާ. ސަބަބަކީ އެތަނަކީ ޣައިރު ބަނީއިސްރާއީލުންނަށް ދެވިފައިވާ ތަނެއްމެ. އަދި އެބައިމީހުން ޤުދުސީ ސަހަރު ފުނޑުފުނޑުކޮށްލައި އެ ސަހަރުގެ މައްޗަށް އެބައިމީހުންގެ ބާރު ސާޅީސް ދެ މަސްދުވަސް ވަންދެން ހިންގާނެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.⁠“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”⁠އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ނަސްރު ހޯދާ އަދި ދުނިޔެ ނިމުމާއި ހަމައަށް އަހަރެންނާއިމެދު ކިޔަމަންތެރި ކަމުގައިވާ މީހުންނަށް އަހަރެން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ބާރު ދޭނަން.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


މުޤައްދަސް ސަހަރު ކަމުގައިވާ އާ ޖެރޫސަލަމް، އަލަތު ކައިވެނީގެ އަނތްބަކު ކައިވެނީގެ ހެދުމުގައި އަލަތު ފިރިމީހާއާއި ބައްދަލު ކުރުމަށް ތައްޔާރުވެގެން އައި ފަދައިން މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބައިގެން އައިތަން އަހަރެން ދުށީމެވެ.


އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”⁠އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!⁠“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން!


ހަމައެހެންމެ އެ ކޯރު ދެމެމުން ދިޔައީ ސަހަރުގެ މަގުގެ މެދުންނެވެ. އެ ކޯރުގެ ކޮންމެ އަރިމައްޗެއްގައި އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހެއް ވެއެވެ. އެ ގަހުގައި އަހަރަކު ބާރަފަހަރު މޭވާ އަޅައެވެ. އެހެނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި އެ ގަސްތަކުގެ ފަތްތަކުން ޤައުމުތަކުގެ ބަލި ހެޔޮ ވެދެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަހަރެން އަވަސް ގޮތެއްގައި އަންނާނަން! މި ފޮތުގައި ހުރި ޣައިބުގެ ޚަބަރުފުޅުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވޭ!⁠“


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ