ހާމަކޮށްދެއްވުންތަކެއް 22:18 - ކިތާބުލް މުޤައްދަސާ18 އަހަރެން، ޔޫޙަންނާ މިފޮތުގައިވާ އެންމެހާ ޣައިބުގެ ޚަބަރުފުޅުތައް އަޑުއެހި ހުރިހާ އެންމެންނަށް އިންޒާރު ކުރަމެވެ. މި ތަކެއްޗަށް ތިޔަބައިމީހުން އެއްވެސް އެއްޗެއް އިތުރުކޮށްފި ކަމުގައިވާނަމަ މި ފޮތުގައި ބަޔާންކުރެވިގެންވާ ނުބައި މުސީބާތްތައް އެ ފަރާތަކަށް މާތްރަސްކަލާނގެ އިތުރު ކުރައްވާނެއެވެ. အခန်းကိုကြည့်ပါ။ |
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.
ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!“