Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 22:16 - ކިތާބުލް މުޤައްދަސާ

16 ”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 22:16
30 ပူးပေါင်းရင်းမြစ်များ  

މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“


”⁠އަލްމަސީޙާއި މެދު ތިޔަބައިމީހުން ދެކެނީ ކިހިނަކުން؟ އެކަލޭގެފާނަކީ ކޮންފަރާތެއްގެ ދަރިކަލެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ބޭކަލެއް.⁠“


ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ މާތްސާހިބާގެ ނަންފުޅުގަ. އެހެންވީމާ އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟⁠“


މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.


ދާއޫދުގެފާނު އެކަލޭގެފާނަށް އެ މުޚާޠަބު ކުރައްވަނީ މާތްސާހިބާ އޭ. ވީއިރު އެކަލޭގެފާނު އެއީ ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟⁠“


އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“


މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


ނުބައި ޢަމަލުތަކުގައިވާ މީސްތަކުން ނުބައި އަމަލުތައް ކުރުން މަތީގައި ދެމި ތިބޭނެ. އަދި ފާޙިޝް ވިސްނުމުގައިވާ ފަރާތްތަކުން ފާޙިޝް އަމަލުތައް ކުރުމުގައި ވާނެ. އަދި ސާލިޙު ފަރާތްތަކުން ހެޔޮ އަމަލުތައް ކުރުމުގައި ވާނެ. އަދި ހަމައެހެންމެ މާތްކުރެވިގެންވާ ފަރާތްތައް އަބަދުވެސް މާތް ކުރެވިގެންވާނެ.⁠“


މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”⁠އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!⁠“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ!


އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


އެއަށް ފަހު ބޮޑުންގެ ބޭކަލަކު އަހަރެންނާއި ދިމާލަށް ބުންޏެވެ. ”⁠ނުރޮއި! ބަލާލަބަލަ! ދާއޫދުގެފާނުގެ މަތިވެރި ދަރިފަސްކޮޅުން އައިސްފައިވާ ޔަހޫޛާ ވަންހައިގެ ސިންގާ ނަސްރު ހޯދާފައިވާ ކަމުން އެހަތް ސިލު ކަނޑާލުމަށް ފަހު، އެކަލޭގެފާނަށް އެ ފޮތް ހުޅުވާލެއްވޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ