ހާމަކޮށްދެއްވުންތަކެއް 22:11 - ކިތާބުލް މުޤައްދަސާ11 ނުބައި ޢަމަލުތަކުގައިވާ މީސްތަކުން ނުބައި އަމަލުތައް ކުރުން މަތީގައި ދެމި ތިބޭނެ. އަދި ފާޙިޝް ވިސްނުމުގައިވާ ފަރާތްތަކުން ފާޙިޝް އަމަލުތައް ކުރުމުގައި ވާނެ. އަދި ސާލިޙު ފަރާތްތަކުން ހެޔޮ އަމަލުތައް ކުރުމުގައި ވާނެ. އަދި ހަމައެހެންމެ މާތްކުރެވިގެންވާ ފަރާތްތައް އަބަދުވެސް މާތް ކުރެވިގެންވާނެ.“ အခန်းကိုကြည့်ပါ။ |
މަގުގެ އެއްފަރާތުގައި ވައްތީނި ގަހެއް ހުރިކަން އެކަލޭގެފާނަށް ފާހަގަ ކުރެވުނެވެ. ވައްތީނި ގަހުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގެން އެގަހުގައި ވައްތީނި ހުރިތޯ ބައްލަވާ ލެއްވިއެވެ. ނަމަވެސް އެގަހުގައި ހުރީ ހަމައެކަނި ހުސް ފަތްތަކެވެ. އެ ހިނދު އެ ގަހާއި މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަ ގަހުގައި އިތުރަށް މޭވާއެއް ނާޅާނެ.“ އިސާހިތަކު އެ ގަސް މިލައި މޯޅިވެ ދިޔައެވެ.
އެހެނަސް ތިޔަބައިމީހުން މިހާރު ތިޔަވަނީ އެކަލާނގެއާ އަލުން ގުޅުވިފައެވެ. އެއީ އަލްމަސީޙުގެ ހަށިކޮޅު މަރުވެ ދިޔަ ދިއުން މެދުވެރިވެއެވެ. އެކަމުގެ ނަތީޖާއަކަށް ވީ ތިޔަބައިމީހުން އެކަލާނގެ ކުރިފުޅުމައްޗަށް ހާޒިރު ކުރަން އެކަށީގެންވާނެ ގޮތް މެދުވެރިވުމެވެ. އެއީ ތިޔަބައިމީހުންނަކީ މިހާރު ހުރިހާ ތުހުމަތްތަކަކުން އެއްކިބާކުރައްވާފައިވާ ކުށެއް ނެތް މާތް ބައެއްގެ ގޮތުގައި ވެފައިވާ ބަޔަކަށް ވާތީއެވެ.
ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.