Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 22:10 - ކިތާބުލް މުޤައްދަސާ

10 އަދި އެ މަލާއިކަތާ އިތުރަށް ވިދާޅުވިއެވެ. ”⁠މިފޮތުގައިވާ ވަޙީ ބަސްފުޅުތައް ވަންހަނާ ނުކުރާތި. ސަބަބަކީ މި ފޮތުގައި ބަޔާންވެގެންވާ އެންމެހާ ކަންތައްތައް ވުމުގެ ވަގުތު މިވަނީ ކައިރިވެފައި.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 22:10
21 ပူးပေါင်းရင်းမြစ်များ  

އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.


ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“


މިފޮތުގައިވާ ޣައިބުގެ ބަސްފުޅުތައް މީހުންނަށް ކިޔާދޭ ކޮންމެ ފަރާތަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވަތެވެ. އަދި މި ބަސްފުޅުތައް އަހައި ކިޔަމަންގަތް ކޮންމެ އަޅަކަށް ވެސް އެކަލާނގެ ރަޙުމަތް ލައްވަތެވެ. ސަބަބަކީ މި ބަޔާންކުރާ ފަދަ ޙާދިސާތައް ހިނގައިދިއުމުގެ ވަގުތު މިވަނީ އައިސް ކައިރިވެފައެވެ.


އެ ތަކެތި ވާހަކަ ދައްކަން ފެށި ހިނދު އެތަކެތި ދައްކާ ވާހަކަ ލިޔުމަށް އަހަރެން ތައްޔާރުވީމެވެ. ނަމަވެސް އުޑުން މިފަދައިން ބުނިއަޑު އަހަރެން އެހީމެވެ. ”⁠ހަތް ގުގުރި ދައްކާ ވާހަކަ ސިއްރުކޮށްފައި ބަހައްޓާ. އެތަކެތި ލިޔެގެން ނުވާނެ!⁠“


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


އަހަރެން، ޔޫޙަންނާ މިފޮތުގައިވާ އެންމެހާ ޣައިބުގެ ޚަބަރުފުޅުތައް އަޑުއެހި ހުރިހާ އެންމެންނަށް އިންޒާރު ކުރަމެވެ. މި ތަކެއްޗަށް ތިޔަބައިމީހުން އެއްވެސް އެއްޗެއް އިތުރުކޮށްފި ކަމުގައިވާނަމަ މި ފޮތުގައި ބަޔާންކުރެވިގެންވާ ނުބައި މުސީބާތްތައް އެ ފަރާތަކަށް މާތްރަސްކަލާނގެ އިތުރު ކުރައްވާނެއެވެ.


މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”⁠އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!⁠“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ!


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަހަރެން އަވަސް ގޮތެއްގައި އަންނާނަން! މި ފޮތުގައި ހުރި ޣައިބުގެ ޚަބަރުފުޅުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވޭ!⁠“


ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!⁠“


ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ