ހާމަކޮށްދެއްވުންތަކެއް 22:1 - ކިތާބުލް މުޤައްދަސާ1 ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.
މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”އާދޭ!“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”އާދޭ!“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!
އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.“
އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.