Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 21:3 - ކިތާބުލް މުޤައްދަސާ

3 ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 21:3
29 ပူးပေါင်းရင်းမြစ်များ  

އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ.


ދެން އަހަރެން އެމީހުންނާ އެކުގައި އެމީހުންގެ އިލާހުގެ ގޮތުގައި އެމީހުންގެ ތެރޭގައި ހުންނާނަން.


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެންނަށް ދެވޭނޭ ފަދަ ގޮތެއް މެދުވެރިކޮށް ދެއްވުމަށް އެދި މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅާއި އަހަރެމެންގެ މާތްސާހިބާ އީސާގެފާނަށް އެދި ދުޢާ ދަންނަވަމެވެ.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.


އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.


އެ ތަކެތި ވާހަކަ ދައްކަން ފެށި ހިނދު އެތަކެތި ދައްކާ ވާހަކަ ލިޔުމަށް އަހަރެން ތައްޔާރުވީމެވެ. ނަމަވެސް އުޑުން މިފަދައިން ބުނިއަޑު އަހަރެން އެހީމެވެ. ”⁠ހަތް ގުގުރި ދައްކާ ވާހަކަ ސިއްރުކޮށްފައި ބަހައްޓާ. އެތަކެތި ލިޔެގެން ނުވާނެ!⁠“


އެއަށް ފަހު އަހަރެންނަށް އަޑު އިވިގެން ދިޔައީ ކުރީ ފަހަރު އުޑުން ވާހަކަ ދެއްކެވި އަޑު އަނެއްކާވެސް އަހަރެންނަށް ވިދާޅުވަނިކޮށެވެ. އެ އަޑު ވިދާޅުވިއެވެ. ”⁠ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވި މަލާއިކަތާގެ އަތްޕުޅުގައިވި ހުޅުވާލެވިފައިވާ ފޮތް ގޮސް ނަގާ.⁠“


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


އެ ސަހަރުގެ މީސްތަކުން ވަނީ މާތްރަސްކަލާނގެ ލަޢުނަތް ލެއްވުމުން ނަޖާ ކުރެވިފައެވެ. އެ ސަހަރުގައި މާތްކަލާނގެ އާއި ޅަކަންބަޅި އެ ފަރާތްތަކުގެ ތަޚުތުކޮޅުގައި އިށީނދެވަޑައިގެން ތިއްބަވާނެއެވެ. އަދި މާތްކަލާނގެ ޚާދިމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ގެންދާނެއެވެ.


އެހެންވެގެން އެބައިމީހުން ތިބީ މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައެވެ. އަދި އެމީހުން ދުވާލާއި ރޭގަނޑު މާތްކަލާނގެ ގެކޮޅުގައި އެކަލާނގެއަށް ޚިދުމަތް ދެއްވައެވެ. ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ވޮޑިގެންވުމުގެ ސަބަބުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ