25 ސަހަރުގެ ދޮރުތައް އަބަދުމެ ވާނީ ހުޅުވިގެންނެވެ. އެ ދޮރުތައް ބަންދު ކުރުމެއްނުވެއެވެ. ސަބަބަކީ އެތަނަކަށް ރޭގަނޑެއް ނުވާނެއެވެ.
އަދި އެއިން ކޮންމެ ދޮރެއް ބެލެހެއްޓުމަށްޓަކައި ބާރަ މަލާއިކަތުން ލައްވާފައި ވިއެވެ. އެ ދޮރުތަކުގައި ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ ނަންތައް ލިޔެވިފައި ވިއެވެ.
އަހަރެންނާއި މުޚާތަބު ކުރެއްވި މަލާއިކަތާގެ އަތްޕުޅުގައި މުޤައްދަސް ސަހަރުގައްޔާއި އެ ސަހަރުގެ ދޮރުތަކާއި އަދި އެ ސަހަރުގެ ފާރުގެ މިން އަޅާނޭ ރަނުގެ ދަނޑިއެއް އޮތެވެ.
އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.
އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.