Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 21:21 - ކިތާބުލް މުޤައްދަސާ

21 ބާރަ ދޮރުގެ ތެރެއިން ކޮންމެ ދޮރެއް ހަދާފައި ވަނީ މުތަކުންނެވެ. ސަހަރުގެ މަގުތައް ހަދާފައި ވަނީ ސާފު ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 21:21
10 ပူးပေါင်းရင်းမြစ်များ  

އޭނާ ލައިގެން ހުރި ދަނބުކުލަ އާއި ރަތްކުލައިގެ ހެދުން ރަނުގެ ގަހަނާތަކުންނާއި އަގުބޮޑު ޖަވާހިރުތަކާއި އަދި މުތްތަކުން ފުރިފައި ވިއެވެ. އޭނާގެ އަތުގައި ހުރި ތަށި ފުރިފައި ވަނީ އޭނާ ކޮށްފައިވާ ވަޙުޝީ އަދި ފާޙިޝް ފާފަތަކުންނެވެ.


އަދި ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެސަހަރަށް ކުރިމަތިވި ނުތަނަވަސްކަމާއެ! އެ ސަހަރު ލައިއުޅުނީ މޮޅު ލިނެން ފޮތީގެ ދަނބުކުލައާއި ރަތްކުލައިގެ ފޭރާންމެ. އަދި ރަނުގެ ޒޭވަރުތަކުންނާއި، އަގުބޮޑު ޖަވާހިރުތަކުންނާއި މުތްތައް ފަދަ ތަކެތިން އެ ސަހަރު ޒީނަތްތެރި ކުރެވިފައިވި.


އަހަރެންނާއި މުޚާތަބު ކުރެއްވި މަލާއިކަތާގެ އަތްޕުޅުގައި މުޤައްދަސް ސަހަރުގައްޔާއި އެ ސަހަރުގެ ދޮރުތަކާއި އަދި އެ ސަހަރުގެ ފާރުގެ މިން އަޅާނޭ ރަނުގެ ދަނޑިއެއް އޮތެވެ.


އެ ސަހަރުގެ ފާރު ޢިމާރާތް ކޮށްފައި ވަނީ އަލިމަހުންނެވެ. އަދި މުޅި ސަހަރު ޢިމާރާތް ކޮށްފައި ވަނީ ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.


ހަމައެހެންމެ އެ ކޯރު ދެމެމުން ދިޔައީ ސަހަރުގެ މަގުގެ މެދުންނެވެ. އެ ކޯރުގެ ކޮންމެ އަރިމައްޗެއްގައި އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހެއް ވެއެވެ. އެ ގަހުގައި އަހަރަކު ބާރަފަހަރު މޭވާ އަޅައެވެ. އެހެނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި އެ ގަސްތަކުގެ ފަތްތަކުން ޤައުމުތަކުގެ ބަލި ހެޔޮ ވެދެއެވެ.


ހަމައެހެންމެ ތަޚުތުގެ ކުރިމަތީގައި އަލިބިއްލޫރި އެއްފަދަ ބިއްލޫރީގެ ކަނޑެއް ވިއެވެ. ތަޚުތުގެ ވަށައިގެން އޭގެ ކޮންމެ ފަރާތެއްގައި ދިރިހުރި ހަތަރު މަޚުލޫގުން ތިއްބެވެ. އެއިން ކޮންމެ މަޚުލޫގެއްގެ ކުރިމައްޗާއި ފުރަގަސް ވަނީ ލޯތަކުން ފުރިފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ