Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 21:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު އާ އުޑަކާއި އާ ދުނިޔެއެއް އަހަރެން ދުށީމެވެ. ފުރަތަމަ އުޑާއި ފުރަތަމަ ދުނިޔެ ނެތި ދިޔައެވެ. އަދި ކަނޑު ވެސް ނެތި ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 21:1
13 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.


ނަމަވެސް އަހަރެމެން ބަލަމުން މިގެންދަނީ މާތްރަސްކަލާނގެ އަހަރެމެންނަށް ވަޢުދުވެވޮޑިގެންނެވި އާ އުޑަށާއި އާ ދުނިޔެއަށެވެ. އެ ތަނެއްގައި ސާލިޙު އަމަލުތައް އެކުލެވިގެންވާ ދުނިޔެއަށެވެ.


އެއަށް ފަހު، ކަނޑުން ދާއްބައެއް އަރައިގެން އަންނަނިކޮށް އަހަރެން ދުށީމެވެ. އެދާއްބާގައި ހަތް ބޮލާއި ދިހަ ދަޅު ވިއެވެ. އޭގެ ކޮންމެ ދަޅެއްގައި ތާޖެއް ވިއެވެ. އަދި އޭގެ ކޮންމެ ބޮލެއްގައި ކުފުރު ނަމެއް ލިޔެވިފައިވިއެވެ.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”⁠އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!⁠“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.⁠“


އިންސާނަކު ނިއުޅާލާފައިވާ ފަތްތޫރައެއް އޮޅާލި ފަދައިން އުޑު ގެއްލިގެން ދިޔައެވެ. އަދި އެންމެހާ ރަށްތަކާއި، ފަރުބަދަތަކެއް އެތަކެތި ހުރިތަނުން ހެލިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ