Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 20:8 - ކިތާބުލް މުޤައްދަސާ

8 އަދި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތައް އޭނާގެ ކެހިވެރި ކަމުގައި ޖައްސުވަމުން އޭނާ ގެންދާނެއެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ އަހުލުވެރިން ވެސް މެއެވެ. ޝައިތާނާ އެ ހުރިހާ އެންމެން ހަނގުރާމައަށް ގެންނާނެއެވެ. އެބައިމީހުންގެ އަދަދު ގޮނޑުދޮށުގައި ހުރި ވެލިފަދައިން ގިނަވެގެންވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 20:8
17 ပူးပေါင်းရင်းမြစ်များ  

އެހެނީ އެކަމަނާގެ ފިރިމީހާ ވަނީ ފިރިހެންވަންތަ ކަމުގެ ބާރު ކެނޑިފައެވެ. އެކަމަކު އެކަލޭގެފާނު އެތައް ދަރިކޮޅެއްގެ ބަފައިކަލުން ކަމުގައި އެކަލާނގެ ހެއްދެވިއެވެ. އެ ދަރިކޮޅުގެ ގިނަކަން އުޑުގައިވާ ތަރިތަކާއި ގޮނޑުދޮށުގައިވާހާ ވެއްޔަކާ އެއްފަދަވިއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


އެ މަލާއިކަތާ ފޫނެތް ފުން ވަޅުގަނޑުގެ ތެރެއަށް ޑްރޭގަން އެއްލައިލިއެވެ. އަދި ތަޅުލައި ސިލު ޖެއްސިއެވެ. ވީމާ، އެއްހާސް އަހަރު ނިމުމަށް ދާންދެން އެ ޑްރޭގަނަށް ދެން އިތުރަށް ޤައުމުތައް މޮޔައެއް ނުހެއްދޭނެއެވެ. ނަމަވެސް އެއަށް ފަހު، ކުޑަ ދުވަސްކޮޅަކަށް އޭތި މިނިވަން ވާން ޖެހެއެވެ.


އެއަށް ފަހު، ހަތަރު މަލާއިކަތުން ދުނިޔޭގެ ހަތަރު ކަނުގައި ހަތަރު ވައި ހިފަހައްޓަވައިގެން ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ. މިހެންވުމުން ކަނޑަށާއި ގަސްގަހާގެހީގެ އިތުރުން ދުނިޔޭގެ އެއްވެސް ތަނަކަށް ވައެއް ނުޖެހޭނެއެވެ.


ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ