Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 20:5 - ކިތާބުލް މުޤައްދަސާ

5-6 މިބައިމީހުންނީ މަރުވުމަށް ފަހު ފުރަތަމައަށް އަލުން ދިރިގެން އަންނަ މީސްތަކުންނެވެ. އަދި އެބައިމީހުންނީ ޚާއްސަ ގޮތެއްގައި ބަރަކާތްތެރި ކުރެވިގެންވާ ބައެކެވެ. އެބައިމީހުންގެ މައްޗަށް ދެވަނަ ފަހަރަށް މަރަކަށް ބާރެއް ނުފޯރުވޭނެއެވެ. އެބައިމީހުންނީ މާތްރަސްކަލާނގެ އާއި އަލްމަސީޙުގެ އިމާމުންނެވެ. އަދި އެބައިމީހުން މާތްރަސްކަލާނގެ އާއި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވެރިކަން ކުރައްވާނެއެވެ. ދެން މަރުވެފައި ތިބި އެހެން މީހުން އެ އެއްހާސް އަހަރު ނިމުމުގެ ކުރިޔަކުން އަލުން ދިރިގެންނެއް ނާންނާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 20:5
9 ပူးပေါင်းရင်းမြစ်များ  

އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.⁠“


އެއީ އަހަރެން މަރުވުމަށް ފަހު ކޮންމެވެސް ގޮތަކުން ފަހުން ދިރިގެން ސުވަރުގެ ދެވޭނެ ގޮތް ވުމަށްޓަކައެވެ.


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


ނަމަވެސް ތިން ދުވަހާއި، ބައި ދުވަސް ފަހުން، މާތްރަސްކަލާނގެ އެ ދެ ނަބީބޭކަލުންގެ ފުރާނަ އަލުން އެޅުއްވިއެވެ. އަދި އެދެމީހުން ކޮޅަށް ތެދުވިއެވެ. އަދި އެދެމީހުން ފެންނަ ކޮންމެ މީހަކުމެ ބިރުވެތި ވިއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ