ހާމަކޮށްދެއްވުންތަކެއް 20:14 - ކިތާބުލް މުޤައްދަސާ14 އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.) အခန်းကိုကြည့်ပါ။ |
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“
އަހަރެން ބަލާލީމެވެ. އެތަނުގައި ފަނޑު ފެހި ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ މަރެވެ. އަދި މަރުގެ މަންޒިލް ފަސްފަހަތުގައި ވިއެވެ. މިބައިމީހުންނަށް ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިގެ މައްޗަށް އަމުރުވެރިކަން ލިބިގެންވިއެވެ. އެއީ ހަނގުރާމައިގައި މީހުން ގަތުލު ކުރުމުގައްޔާއި، ތަދުމަޑުކަމުގައްޔާއި ބަލިމަޑު ކަމުގައި މީހުން މެރުމަށާއި އަދި ވަލުޖަނަވާރު މެދުވެރިކޮށް މީހުން މެރުމަށެވެ.