Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 20:12 - ކިތާބުލް މުޤައްދަސާ

12 އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 20:12
34 ပူးပေါင်းရင်းမြစ်များ  

މަށަކަށް ނޭނގެއޭ ބުނެ ކަންކަމުން ރެކެން ނޫޅޭށެވެ. އެހެނީ މާތްރަސްކަލާނގެ ހުރިހާ ހިތްތަކެއް ދެނެވޮޑިގަންނަވެއެވެ. އަދި އެކަލާނގެ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވައެވެ. ކަލޯގެ ފުރާނަ ބަލަހައްޓަވާ ފަރާތަށް ކަލޯ އެނގިވޮޑިގަންނަވައެވެ. އެމީހަކު ކުރި އަމަލެއްގެ ޙައްޤު ޖަޒާ އެމީހަކަށް އެކަލާނގެ ދެއްވާނެތެވެ.


އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ.


ޤިޔާމަތް ދުވަހުގައި ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ވުރެން ކަލޭމެންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ ކަމުގެ ޔަޤީންކަން އަހަރެން ކަލޭމެންނަށް ދެން.


އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.


އެހެންނަމަވެސް ކަލޭމެން އުފާކުރަންވީކީ ޖިންނީން ކަލޭމެންނަށް ބޯލަނބާތީކީ ނޫން. އުފާކުރަންވީ ކަލޭމެންގެ ނަން ސުވަރުގޭގައި ލިޔެވިގެން ވާތީ.⁠“


މާތްރަސްކަލާނގެ އީމާންވެގެން ވީ މީހުންނާއި އަދި އީމާން ނުވާ މީހުން ވެސް މަރުވުމަށް ފަހު އަލުން ދިރުއްވާނެ ކަން ހަމަ އެމީހުންނެކޭ އެއް ފަދައިން އަޅުގަނޑު ވެސް ގަބޫލު ކުރަން.


މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.


ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”⁠އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!⁠“


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ.


ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން!


ނަސްރު ހޯދާ މީހުންނީ ވެސް އެބައިމީހުންނާއިއެކު ހުދު ހެދުމުގައި ވާނޭ ބައެއްމެ. އަދި އަހަރެން އެބައިމީހުންގެ ނަން ޙަޔާތުގެ ފޮތުން ފުހެ ނުލާނަން. އެބައިމީހުންގެ ނަން އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައްޔާއި އަދި އެކަލާނގެ މަލާއިކަތުންގެ ޙާޟިރުގައި އަހަރެން އިޢުލާނު ކުރާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ