8 ”އިޒުމީރުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވީ ފަރާތުން ދިން ޚަބަރެއް. އެއީ މަރުވުމަށް ފަހު އަލުން ދިރުނު ފަރާތް ވެސްމެ.
އެއަޑު އަހަރެންނަށް ބުންޏެވެ. ”ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.“
ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.“
”އެފޭސުސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ކަނާއަތުން ހަތް ތަރި ހިފަހައްޓައިގެން ހުރެ ބައްތި އަޅުވާ ރަނުގެ ހަތް ހަރުގެ މެދުގައި ހިނގަމުން ދިޔަ ފަރާތުން ދިން ޚަބަރެއް.
އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ. ހަމައެހެންމެ، ފެށުމާއި ނިމުން ވެސްމެ.“