Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 2:7 - ކިތާބުލް މުޤައްދަސާ

7 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 2:7
36 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އެބަގީޗާގެ ބިމުން އެތައް އެތައް ވައްތަރެއްގެ ގަސްގަހާގެއްސެއް ފެޅުއްވިއެވެ. ބަލަން ރީތި ކެއުމަށް ކަމުދާ ރަހަމީރު މޭވާ އަޅާ ގަސްތަކެވެ. ދާއިމީ ޙަޔާތުގެ ގަހާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ އިލްމު ލިބިދޭ ގަސް ވެސް ވަނީ އެބަގީޗާގެ މެދުގައެވެ.


ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ.


އުންމީދު ގެއްލުނީމާ ހިތް ފުނޑުފުނޑުވެއެވެ. ހިތުގެ ބޭނުން ފުދުމަކީ ޙަޔާތުގެ ގަހުގެ މޭވާ ލިބުން ފަދައެވެ.


އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.


ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.


ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!


ސާލިޙު މީހުން އެމީހުންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި އިރު ފަދައިން ބަބުޅަމުން ދާނެ. ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!


ތިޔަބައިމީހުންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


އަދި އީސާގެފާނުގެ ބަސްފުޅު ނިންމަވައި ލެއްވީ މިފަދައިންނެވެ. ”⁠ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ކާތަކެއްޗަކުންނޫން. ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ބުނާ ބުނުންތަކުންނާއި ތިޔަބައިމީހުންގެ އަމަލުތަކުން.


ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.⁠“


އަދި އޭގެތެރެއިން ބައެއް އޮށް ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު. އަދި މިއޮށްތަކުން ފެޅި ގަސްތަކުން ސަތޭކަ ގުނައަށް އިތުރު ރަނގަޅު އޮށް ލިބުނު.⁠“ އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މި ވާހަކަ އަޑުއަހާ ވިސްނާ.⁠“


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.


”⁠ކަންފަތް ހުރި މީހަކު ވާނަމަ މި ވާހަކަތައް އަޑުއަހާ!


އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.⁠“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”⁠އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.⁠“


އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ހަމައެހެންމެ އެ ކޯރު ދެމެމުން ދިޔައީ ސަހަރުގެ މަގުގެ މެދުންނެވެ. އެ ކޯރުގެ ކޮންމެ އަރިމައްޗެއްގައި އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހެއް ވެއެވެ. އެ ގަހުގައި އަހަރަކު ބާރަފަހަރު މޭވާ އަޅައެވެ. އެހެނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި އެ ގަސްތަކުގެ ފަތްތަކުން ޤައުމުތަކުގެ ބަލި ހެޔޮ ވެދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ