Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 2:27 - ކިތާބުލް މުޤައްދަސާ

27-28 ބައްޕާފުޅު އަހަރެންނަށް ދެއްވިފަދަ ބާރު އެފަދަ ފަރާތްތަކަށް އަހަރެން ދޭނަން. އެބައިމީހުން ޤައުމުތަކުގެ މައްޗަށް ބާރު ހިންގާނީ ދަގަނޑު އަސާއަކުން މުށި ފުފޭތަކެއް ފުނޑުފުނޑު ކުރާ އުސޫލުން. އަދި އެފަދަ މީހުންނަށް ފަތިހުގެ އުޖާލާވި ތަރި ވެސް އަހަރެން ދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 2:27
12 ပူးပေါင်းရင်းမြစ်များ  

”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


އަހަރެންގެ ބައްޕަ އަހަރެންނާއި ރަސްކަން ހަވާލުކުރެއްވި ފަދައިން އަހަރެން ވެސް ކަލޭމެންނަށް އަހަރެންގެ ރަސްކަމުގައި ބައިވެރިވުމުގެ ޙައްޤު ދޭނަން.


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


އެއަށް ފަހު، އެ އެކަނބުލޭގެ ފިރިހެން ދަރިއަކު ވިހެއެވެ. އެ ދަރިފުޅަކީ ދަގަނޑު އަސާއެއް ބޭނުންކޮށްގެން މުޅި ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ވެރިކަން ހިންގާނޭ ކުއްޖެކެވެ. ނަމަވެސް ނުހަނު އަވަހަށް އެ ކުއްޖާ މާތްރަސްކަލާނގެ ޙަޟްރަތާއި އެކަލާނގެ ތަޚުތުކޮޅަށް ނެންގެވިއެވެ.


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ