ހާމަކޮށްދެއްވުންތަކެއް 2:24 - ކިތާބުލް މުޤައްދަސާ24 ތިޔާތިރާގެ މީސްތަކުންގެ ތެރެއިން އީޒާބަލްގެ އުނގަންނައިދިނުންތަކަށް އީމާން ނުވެ އަދި ޝައިތާނާގެ ފުންމިން ނޭނގޭ ސިއްރުތަކޭ އެ ކިޔާ ބަސްތަކަށް ތަބާނުވެތިބި މީހުންނަށް ބުނަން. އަހަރެން އިތުރަށް ތިޔަބައިމީހުންނަށް ބުރައެއް ނުޖައްސާނަން. အခန်းကိုကြည့်ပါ။ |
އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.
ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.
ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.
ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!