ހާމަކޮށްދެއްވުންތަކެއް 2:22 - ކިތާބުލް މުޤައްދަސާ22 އެހެންވީމާ، ބަލި ދާނުގެ ތެރޭގައި އެއަންހެނާ އޮތުމަށް އަހަރެން މިންވަރު ކުރާނަން. އަދި އޭނާ އާއިއެކު އެފަދަ ފާޙިޝް އަމަލުތައް ކުރި މީހުން ގަދަވެގެންވާ ވޭން ތަޙައްމަލު ކުރާނެ. އެއީ އެބައިމީހުންގެ ފާފަވެރިކަމުން ދުރުވެ ތައުބާ ނުވެއްޖެނަމަ. အခန်းကိုကြည့်ပါ။ |
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!