ހާމަކޮށްދެއްވުންތަކެއް 2:2 - ކިތާބުލް މުޤައްދަސާ2 ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!
ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!
”ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅާއި ހަތް ތަރި ހިފަހައްޓައިގެންވާ ފަރާތުން ދިން ޚަބަރެއް. ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. މީހުން ދަންނަގޮތުގައި ތިޔަބައިމީހުންނީ ދިރިތިބި ބައެއް. ނަމަވެސް ޙަޤީޤަތުގައި ތިޔަބައިމީހުން ތިޔަތިބީ މަރުވެފަ.
ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. އަހަރެން އެއްވެސް ފަރާތަކަށް ނުލެއްޕޭނޭ ދޮރެއް ތިޔަބައިމީހުންގެ ކުރިމަތީގައި ތިޔަވަނީ ހުޅުވާފައި. ތިޔަބައިމީހުންގެ ކިބައިގައި ވަނީ ވަރަށް ކުޑަ ބާރެއްކަން އަހަރެންނަށް އެނގޭ. ނަމަވެސް ތިޔަބައިމީހުން އަހަރެންގެ އުނގަންނައިދިނުންތަކަށް ކިޔަމަންތެރިވީން. އަދި އަހަރެންނާ މެދަކު ތިޔަބައިމީހުން އިންކާރެއް ނުކުރޭ.